Home  
Shareefee Pre-School - Navigation
 
Help us to shape the future of Meedhoo by giving a quality pre-education to these kids.

 
    Side-news


Minivan dhuvas
On 26 July 2008 more than 50 children from Shareefee took part on a road event held on the occasion of the 43rd Independence Day of the Maldives.
 
     
   


ޝަރީފީ ޕްރީ ސްކޫލްގެ 12 ވަނަ ޤުރުއާން މުބާރާއި 3 ވަނަ މަދަހަ މުބާރާތުގެ ނަތީޖާ

ސްކޫލްގައި ކިޔަވަމުންދާ 64 ދަރިވަރުންގެ ތެރެއިން 35 ދަރިވަރުން ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވޭ އަދި 42 ދަރިވަރުން މަދަހަ މުބާރާތުއި ބައިވެރިވެފައިވޭ. ޤުރުއާން މުބާރާތް ސްކޫލްގައި ބާއްވަނީ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާންނަށް ލޯބި ޖައްސާ ޤުރުއާން ކިޔެވުމުގެ ރޫހު އާލާކޮށް ދިރުވާ ތަޖުވީދުގެ ހަމަތަކާއި އެކު ރީތިކޮށް ޤުރުއާން ކިޔަވާ ކުދި ބަޔަކު އުފެއްދުމަށް. ހަމަ މިގޮތުން މަދަހަ މުބާރާތް ބާއްވަނީވެސް ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް އަހުލުވެރި ކުރުމަށް.

ޤުރުއާން މުބާރާތް ބޭއްވިފައިވަނީ ޖުލައި މަހު 18 ވަނަ ދުވަހު. އަދި މަދަހަ މުބާރާތް ބޭއްވިފައިވަނީ ރަމަޟާން މަހު 23 ވަނަ ދުވަހު. މިދެ މުބާރާގެ ނަތީޖާވެސް ފާޅުކޮށްފައި ވަނީ 2 ސެޕްޓެމްބަރ ގައި. މިމުބާރަތަށް އިނާމް ހުށަހެޅުމުގެ ގޮތުން ދީލަތި އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކަކީ

1

އަލްމަރްހޫމް އަބްދުﷲ ޒަމީރުގެ ހަދާންއާކޮށް ދިރުވުމުގެ ގޮތުން އެމަރްހޫމްގެ ދެދަރިވަރުން ކަމުގައިވާ މުސްތަންސިރު މުމްތާޒާއި އަބްދުﷲ ސާލިހްގެ އިތުރުން،

2

ނަސީމީވާދީ މަރްހޫމާ މަރިޔަމް ދީދީގެ ހަނދާނުގައި އާއިލާގެ ފަރާތުން ވެދެއްވި އެހީ

3

އިބްރާހިމްދީދީ ދުވޭދާރުގެ

4

އަދި ހުޅުމީދޫ ޕޮލިސްޓޭޝަންގެ މުއައްޒަފުންގެ ފަރާތުން

ވަނަ ތަކަށް ދިޔަ ދަރިވަރުންނަށް ޓްރޮފީ ގަތުމަށާއި ހިއްވަރު ދިނުމުގެ އިނާމް ގަތުމަށް ފައިސާ ޚަރަދުކުރެވިފައިވަނީ ސްކޫލްގެ ފަރާތުންނާއި، ދީލަތި ފަރާތްތަކުން ލިބިފައިވާ ފައިސާގެ އެހީއިންނެވެ. މިފަރާތްތަކުގެ ދީލަތި އެހީއާއިއެކު މިއަހަރު ބޭއްވުނު މިދެމުބާރާތުގައި ބައިވެރިވެ ވަނަ ހާސިލްކޮށްފައިވާ ދަރިވަރުންނަށް ، ދަރިވަރުން ހިތްހަމަޖެހޭ ފަދަ އިނާމްތަކެއް ލިބިފައިވެއެވެ. މިފަރާތްތަކާއި ގުޅިގެން މިއިނާމް ސްކޫލަށް ހޯދާ ދެއްވީ ސްކޫލްގެ ބެލެނިވެރިއެއްކަމަށްވާ ސ.މީދޫ ނިޔަދުރުގަސްދޮށުގެ އަލްފާޟިލް އަހްމަދު މައުސޫމްގެ މިންނެތް މަސައްކަތުންނެވެ. ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގެ ޝަރަފްވެރިއަކީ ސ.މީދޫ ނާބުގޭ އަލްފާޟިލް އަބްދުﷲ ސާލިޙްއެވެ. އެބޭފުޅާގެ ވާހަކަ ފުޅުގައި ވަނަތަކަށް ދިޔަކުދިންނަށް މަރްޙަބާ ދަންނަވައި، ވަނައަށް ނުހޮވުނު ކުދިންނަށް ހިއްވަރު ލައި ދެއްވިއެވެ. އަދި ރަށުގެ މިފަދަ ކަންކަމަށް އެބޭފުޅުން އެހީތެރިކަން ފޯރުކޮށް ދެއްވާނެކަން ހާމަކޮށް ދެއްވިއެވެ.

 

ޤުރުއާން މުބާރާތުން ހިތުން ކިޔުމުގެ ބައިން މުޅި މުބާރާތުން

 

1 ވަނަ މުހައްމަދު ރައްޔާން މައުސޫމް/ ނިޔަދުރުގަސްދޮށުގެ

 

2 ވަނަ އައިޝަތު ނައުޝީން ވަސީމް/ ހިންނަވަރުގެ

 

3 ވަނަ ރައުޝާ އަޒީމް/ ޝާން

 

ބަލައިގެން ކިޔުމުގެ ބައިން

 

1 ވަނަ އާނާ ނާޝިދު/ އާކާޝް

 

2 ވަނަ އިމްނާ އިނާޔަތުﷲ

 

3 ވަނަ މަންހާ ޖަލީލް/ ނޫވިލް

 

މުޅި މުބާރާތުން ގެގޮފިން އެއްކޮށް

 

1 ވަނަ ރައްޔާން މައުސޫމް

 

2 ވަނަ އައިޝަތު ނައުޝީން ވަސީމް/ ހިންނަވަރުގެ

 

3 ވަނަ ރައުޝާ އަޒީމް/ ޝާން

 

މަދަހަ މުބާރާތުން

 

1 ވަނަ ހާސިލްކޮށްފައިވާ ދަރިވަރަކީ ފާތިމަތު މާސާ ނިރު

 

2 ވަނަ އައިޝަތު ނައުޝީން ވަސީމް

 

3 ވަނަ ރައްޔާން މައުސޫމް

މީގެ އިތުރުން ވެސް ސްކޫލްގައި މިއަހަރު ތަފާތު ހަރަކާތްތައް ހިންގިފައި ވެއެވެ. ހިންގުނު ހަރަކާތްތަކަކީ ލަވަ މުބާރާތް، ދިވެހި ހަފްތާ، އިގިރޭސި ހަފްތާ، ކުދަކުދިންގެ ދުވަސް، އަދި ސްކޫލުން ބޭރުގައި ބޭއްވޭ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ސްކޫލަށް ރީތި ނަން ހޯދާދީފައިވެއެވެ.

ރައްޔާން މައުސޫމް

އައިޝަތު ނައުޝީން ވަސީމް

ރައުޝާ އަޒީމް

ފާތިމަތު މާސާ

 

 
Shareefee Pre-School - Footer
 
© 2008 Shareefee Pre-School